ސްނެޕްޗެޓް ޑައުން ވެއްޖެ

ރާއްޖޭގެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމުގައިވާ ސްނެޕްޗެޓް ޑައުންވެއްޖެ އެވެ.

ސްނެޕްޗެޓް ޑައުންވެފައިވާކަން އެކުންފުނިންވެސް ވަނީ ޔަޤީންކޮށްދީފައި އެވެ. އެގޮތުން ސެންޕްޗެޓް ބޭނުންކުރަމުން އަންނަ ބައެއް ފަރާތްތަކަށް ސްނެޕްޗެޓް ބޭނުންކުރުމުގައި ދަތިތަކަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށާއި ސްނެޕްޗެޓްގެ ޓީމުން މައްސަލަ ހައްލުކުރަމުން އަންނަ ކަމަށް އެކުންފިންޏާއި ހަވާލާދީ ދުނިޔޭގެ ޓެކް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

ސްނެޕަށް ދިމާވި މައްސަލައާއި އެކު ސްނެޕުން ފޮނުވާ ބައެއް މެސެޖްތަށް ޑެލިވާވުމުގައި ވަނީ ދަތިތަކާއި ދިމާވެފައި އެވެ.

ސްނެޕްޗެޓް ޑައުންވެފައިވާކަމަށް ދުނިޔޭގެ ޓެކް މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ ރާއްޖެ ގަޑިން މިއަދު 16:15 ހާއިރުން ފަށައިގެންނެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް