ޓްވިޗަށް ބޮޑު ޑޭޓާ ބްރީޗެއް

މަޝްހޫރު ގޭމް ސްޓްރީމިންގެ ޕްލެޓްފޯމް ޓްވިޗުން ގިނަ އަދަދެއްގެ ސިއްރު މައުލޫމާތުތަކެއް ލީކު ވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު 100 އަށްވުރެ ގިނަ ޖީބީގެ ޑޭޓާ އޮންލައިންކޮށް ޕޯސްޓުކޮށްފައިވާއިރު ލީކުވި މައުލޫމާތުތަކުގެ ތެރޭގައި ސްޓްރީމް ކުރާ ފަރާތްތަކުގެ މުސާރަވެސް ހިމެނޭކަމުގައި ވެއެވެ.

ޑޮކިއުމެންޓްތަކުން ޓްވިޗުގައި އެންމެ ވަރުގަދައަށް ސްޓްރީމް ކުރާ ފަރާތްތަކުން މިދިޔަ 2 އަހަރު ތެރޭގައި މިލިއަނުން ޑޮލަރު ހޯދާފައިވާކަން ފެންނަން އޮތެވެ. އަދި ސްޓްރީމް ކުރާ ބައެއް ފަރާތްތްކުން ވަނީ ލީކުވި މުސާރައަކީ ތެދެއްކަން ކަށަވަރުކޮށްދީފައެވެ.

މި މައުލޫމާތުތައް ލީކު ކުރި ފަރާތުން ވަނީ ޓްވިޗުގެ ސޯސް ކޯޑުވެސް އެ މީހުން އަތުގައި އޮތް ކަމަށް ބުނެފައެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް