އޮފްކޮމްގެ އާ ޤަވާއިދާއެކު ޓިކްޓޮކާއި ޓްވިޗަށް ޖޫރިމަނާތަކެއް

ޔޫކޭގެ ކޮމިއުނިކޭޝަންސް ރެގިއުލޭޓަރ ކަމުގައިވާ އޮފީސް އޮފް ކޮމިއުނިކޭޝަނުން (އޮފްކޮމް) ވީޑިއޯ ޝެއާކުރާ ޕްލެޓްފޯމްތަކަށް ޚާއްސަކޮށް އާ ޤަވާއިދުތަކެއް ނެރެފިއެވެ.

މިއާއެކު ވީޑިއޯ ޝެއާކުރާ ޕްލެޓްފޯމްތައް ކަމުގައިވާ ޓިކްޓޮކް، ސްނެޕްޗެޓް އަދި ޓްވިޗް ފަދަ ޕްލެޓްފޯމްތަކުން ޓެރެރިޒަމަށާއި ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.

މި ޤަވާއިދުތަކަށް ބޯނުލަނބާ ޕްލެޓްފޯމުތައް ޖޫރިމަނާ ކުރާނެކަމަށް އޮފްކޮމް އިން ވަނީ ބުނެފައެވެ. އަދި އެ ޕްލެޓްފޯމުތައް ސަސްޕެންޑުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރާނެކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

އާ ޤަވާއިދުތަކާއެކު އޮފްކޮމްއިން ޝަރުތުކޮށްފައިވާ ކަންކަމަކީ އަޕްލޯޑުކުރާ ކޮންޓެންޓުތައް ލެވޭ ޤަވާއިދުތައް އަޕްލޯޑުކުރާ ފަރާތައް އެނގޭނެހެން ފެންނަން ބެހެއްޓުމާއި ރިޕޯޓުކުރުމާއި ޝަކުވާ ބަލައިގަތުމުގެ އިންތިޒާމުތައް ފަސޭހައިން ހަމަޖެއްސުމާއި އަދި އޭޖް ވެރިފިކޭޝަން ޤާއިމްކުރުމެވެ.

އޮފްކޮމްއިން ބުނެފައިވަނީ އަންނަ އަހަރު އެ އިދާރާއިން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ވީޑިއޯ ޝެއާކުރާ ޕްލެޓްފޯމްތަކާ ގުޅިގެން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ގުޅޭ ކޮންޓެންޓުތައް އަޕްލޯޑުކުރުން މަދުކުރުމެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް