ގއ މާމެންދޫގައި މިހާރު ކުރިއަށްދާ އެސްޓީއޯ އެމްއެމް ޔޫތްކަޕް 2021ގެ ފިރިހެން ޑިވިޝަންގައި ބްރަދާސް އެފްސީގެ މައްޗަށް ރޯޔަލް ސްޕޯޓްސް ކްލަބުން ކުރިހޯދައިފި އެވެ.
މި މުބާރާތުގައި ރޭ ކުޅުނު މެޗު ރޯޔަލް ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ 7-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ރޯޔަލް ސްޕޯޓްސްއަށް ގޯލްތައް ކާމިޔާބުކޮށްދިނީ، ޖާޒީ ނަންބަރު 9 އަލީ މަސްއޫދު ސައީދު ( 1 ގޯލް)، ޖާޒީ ނަންބަރު 10 އިބްރާހިމް ނާސިހް (1 ގޯލް)، ޖާޒީ ނަންބަރު 15 އަފްރާހް އަބްދުﷲ (1 ގޯލް)، ޖާޒީ ނަންބަރު 12 މުހައްމަދު ފަޒީލް (2 ގޯލް)، އަދި ޖާޒީ ނަންބަރު 20 ނާހީ މުޙައްމަދު (2 ގޯލް ) އެވެ.
މިމެޗުގައި ބްރަދާސް އެފްސީ އަށް ކާމިޔާބުވި ދެގޯލްވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރު 69، ޝަހީން މުޙައްމަދު އެވެ.
މިމެޗުގެ މޮޅުކުޅުންތެރިއަށް ހޮވިފައިވަނީ ރޯޔަލް ސްޕޯޓްސްކަލްބްގެ، ޖާޒީ ނަންބަރު 20، ނާހީ މުޙައްމަދު އެވެ.
މި ނަތީޖާގައި މެޗު ނިމުނުކަމުގައިވިޔަސް ދެޓީމުކުރެޓީމަކަށް ފައިނަލްގެ ފުރުސަތެއް ނެތެވެ.
ފިރިހެން ޑިވިޝަންގެ ޕޮއިންޓް ތާވަލު
GP | W | D | L | GF | GA | GD | PTS | |
އެފްސީ އަމީގޯސް | 4 | 4 | 0 | 0 | 47 | 5 | 42 | 12 |
އިރުމަތީ އެފްސީ | 4 | 2 | 0 | 2 | 25 | 10 | 15 | 6 |
ޔަންގް ސްޓާ | 3 | 2 | 0 | 1 | 13 | 6 | 7 | 6 |
ރޯޔަލް ސްޕޯޓްސް | 4 | 1 | 0 | 3 | 11 | 29 | -18 | 3 |
ބްރަދާސް އެފްސީ | 3 | 0 | 0 | 3 | 3 | 49 | -46 | 0 |
މި މުބާރަތުގެ ފިރިގެން ޑިވިޝަންގެ މެޗެއް މިރޭވެސް ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ބްރަދާސް އެފްސީ އާއި ޔަންގް ސްޓާސް އެވެ. މިރޭ ކުޅޭ މެޗން މޮޅުވެ ފައިނަލަށް ދިޔުމުގެ ފުރުސަތު ޔަންގްސްޓާއަށް އެބައޮތެވެ.
މި މުބާރާތުގައި އަންހެން ޑިވިޝަންގައި 4 ޓީމެއް ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޝަނުން 5 ޓީމް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މިމަހުގެ 6ވަނަ ދުވަހުގައެވެ.
އެމްއެމް ޔޫތު ކަޕް 2021 މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވަނީ އެސްޓީއޯ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސް އެވެ.