ގއ މާމެންދޫގައި މިހާރު ކުރިއަށް ދާ އެސްޓީއޯ އެމްއެމް ޔޫތްކަޕް 2021 ގެ ފިރިހެން ޑިވިޝަންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލުގެ ޖާގައެއް އެފްސީ އަމީގޯސް އިން ހޯދައިފި އެވެ.
މި މުބާރާތުގައި އަމީގޯސް އާއި އިރުމަތީ އެފްސީ ބައްދަލުކުރި މެޗު އަމީގޯސް އިން ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އަމީގޯސްއަށް ގޯލްތައް ކާމިޔާބުކޮށްދިނީ، ޝަފަގް މުޙައްމަދު (1 ގޯލް)، އިބްރާހިމް އަސްވަދު (2 ގޯލް)، އިސްމައިލް މުނީޒް (1 ގޯލް) އެވެ. އިރުމަތީ އެފްސީ އަށް ގޯލް ކާމިޔާބުކޮށްދިނީ ނަޒީފް ޝަރީފް އާއި އަހުމަދު ނަޒްމީން އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަމީގޯސް ޓީމުގެ އިބްރާހިމް އަސްވަދު އެވެ.
މިމުބާރާތުގައި ލީގު ބުރުގައި ކުޅޭނެ ފަހު މެޗުތައް މިރޭ ކުޅޭނެއެވެ. ފައިނަލްގައި ދެން ވާދަކުރާނެ ޓީމެއް އިނގޭނީ މިރޭ ކުޅޭ ލީގުބުރުގެ ފަހުމެޗަށް ފަހުގައެވެ.
މި މުބާރާތުގައި އަންހެން ޑިވިޝަންގައި 4 ޓީމެއް ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޝަނުން 5 ޓީމް ވަނީ ބައިވެރިވެފައެވެ.
އެމްއެމް ޔޫތު ކަޕް 2021 މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް ވަނީ އެސްޓީއޯ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އުރީދޫ މޯލްޑިވްސް އެވެ.