ފައިނަލަށް ފަހު ނޭޕާލް ކޯޗު މަގާމުން އިސްތިއުފާދޭން ނިންމައިފި

ސާފް ޗެމްޕިއަންޝިޕް 2021 ގައި ބަންގްލަދޭޝް އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން -- ގާފު ފޮޓޯ| އިމޭޖެސް އެމްވީ

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ފައިނަލް މެޗަށް ފަހު ނޭޕާލްގެ ޤައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލްމުތައިރީ އިސްތިއުފާ ދޭން ނިންމައިފިއެވެ.

އަލްމުތައިރީ އިސްތިއުފާ ދޭން ނިންމީ ނޭޕާލުން މެޗު ވިއްކާލާކަމުގެ ތުހުމަތުތަކާއި ނޭޕާލްގެ މީޑިއާތަކުން އޭނާގެ ނަން ބޭނުންކޮށްގެން ކުރަމުންދާ ނޭދެވޭ އެންމެހާ ކަންކަމުގެ ސަބަބުންނެވެ. އޭނާ ވަނީ މިކަން މިއަދުގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކޮށްފައި އެވެ.

ލީގް އުސޫލުން ކުރިޔަށްދިޔަ މިއަހަރުގެ މުބާރާތުގައި ކުޅުނު ފަހު މެޗުގައި ބަންގްލަދޭޝް އާއި އެކު 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށް ނޭޕާލް ވަނީ ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލަށް ދަތުރުކޮށްފައި އެވެ. ނޭޕާލްގެ ތާރީހުގައިވެސް ސަރަހައްދީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިމިވަނީ ކޯޗު އަބްދުﷲ އަލްމުތައިރީ ގެ ކޯޗް ކަމުގައި އެވެ.

ނޭޕާލް ފައިނަލްގައި ވާދަކުރާނެ ޓީމެއް ކަށަވަރު ވެގެންދާނީ މިރޭ ރާއްޖެއާއި އިންޑިއާ ކުޅޭ މެޗަށް ފަހު އެވެ. މެޗުން އެއްވަރުވަރުވެގެންވެސް ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައި އެވެ. އަދި މެޗުން ރާއްޖެ މޮޅުވެއްޖެ ނަމަ ޕޮއިންޓް ޓޭބަލްގެ އެއްވަނަައިގައި އޮވެ ފައިނަލަށް ދަތުރުކުރާނެއެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް