ފިނިހަކަ ހިފައިގެން މިލިއަނަރަކަށް ވުމުގެ ފުރުސަތު!

ދެކުނު އިންޑިޔާގެ ކެރަލާ އަވަށުގައި އުޅޭ ދަނޑުވެރިންނަށް އެފްރިކަން ސްނެއިލްގެ އުނދަގޫ ބޮޑުވާތާ މިހާރު ވަނީ ދުވަސްކޮޅެއް ވެފައެވެ.

އެފްރިކަން ސްނެއިލަކީ ފަތް ކެއުމުގެ އިތުރުން އިންސާނުންނަށް ބަލި ޖައްސާ އެއްޗެކެވެ.

މި އަވަށުން ވަނީ މި ވައްތަރުގެ ފިނިހަކަ ނައްތާލުމަށް މުޅިން އާ ގޮތެއް ހޯދާފައެވެ.

ކެރެލާއިން ވަނީ އެންމެ ގަދަ 10 ފިނިހަކަ ހިފުންތެރިންނަށް ލޮޓެރީ ޓިކެޓު ދިނުމަށް ނިންމާފައެވެ. މި ލޮޓެރީ ލިބޭ ފަރާތަށް 1.6 މިލިއަން ޑޮލަރު ވަނީ ހުށަހަޅާފައެވެ. މިއާއެކު ކެރެލާގެ ދަނޑުވެރިން ދަނީ ފިނިހަކަ ހިފުމަށް އެކަކު އަނެކަކާ ވާދަކުރަމުންނެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް