ރާއްޖެއިން މިއަދު އިތުރު 29499 މީހުން ކޮވިޑަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން މާލެއިން 1280 މީހަކު ބައްޔަށް ފައްސި ވެފައިވާއިރު، އަތޮޅުތަކުން 697 މީހަކާއި ރިސޯޓުތަކުން 56 މީހަކާއި ލައިވްބޯޑުން މީހަކު ފައްސި ވެފައިވެއެވެ.
މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 128،0879 އަށް ވަނީ އަރާފައެވެ.
މިއަދުގެ އަދަދުތަކާ އެކު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 16،950 އަށް އަރައިފަ އެވެ. އަދި 54 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދެއެވެ.
މި ބަލީގައި މިއަދު ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި 73 އަހަރުގެ ދިވެހި ފިރިހެނަކާއި 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއާ އެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 274 އަށް އަރައިފަ އެވެ.
ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް މައްޗަށް ދާން ފެށީ މި މަހުގެ ކުރީކޮޅެވެ. ހަލުވި ކަމާއިއެކު ކޮވިޑް ފެތުރެމުންދާތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.