ގައްދޫއިން މިއަދު 10 މީހަކު ފައްސިވި ނަމަވެސް އެކްޓިވް ކޭސްގެ އަދަދު ދަށަށް!

ގދ. ގައްދޫ --

ގދ. ގައްދޫ އިން މިއަދު 10 މީހަކު ކޮވިޑަށް ފައްސިވެއްޖެ އެވެ.

ގައްދޫއިން މިއަދު ކޮވިޑަށް ފައްސިވި މީހުންނާއެކު އެރަށުގެ އެކްޓިވްކޭސްގެ އަދަދު މިވަނީ 45 އަށް ތިރިވެފައެވެ. އަދި މިއަދު މިބަލި ފަސޭހަވި 16 މީހަކު ވަނީ ކަރަންޓީނުން ދޫކޮށްލާފައެވެ. އިއްޔެ އެކްޓިވްކޭސްގެ އަދަދު ހުރީ 58 ގައެވެ.

ގައްދޫއިން މިއަދު ފައްސިވި މީހުންގެ ތެރޭގައި ރޯގާގެ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގުނު 4 މީހަކު ހިމެނެއެވެ. އޭގެ އިތުރުން ކުރިން ފައްސިވި މީހުންނާއި ގާތުން އެއްތާވި 6 މީހަކުވެސް ހިމެނެއެވެ.

ގދ. ގައްދޫ މިވަގުތު އޮތީ މޮނީޓަރިންގ ހާލަތުގައެވެ. ގައްދޫ ހިމެނޭހެން ރާއްޖޭގެ 31 ރަށެއް އެޗްޕީއޭއިން ވަނީ މޮނީޓަރިންގ ހާލަތަށް ގެނެސްފައެވެ.

 

އެޑިޓަރުގެ ނޯޓް: މި ޚަބަރު ޝާއިޢު ކުރިއިރު އެކްޓިވް ކޭސްގެ އަދަދު 50 އިން މައްޗަށް ލިޔެވިފައިވަނީ ފުރަތަމަ މި ނޫހަށް ލިބުނު މައުލޫމާތުގެ ކުށަކުންނެވެ. ނަމަވެސް ފަހުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މިއަދު 16 މީހަކު މި ބަލިން ފަސޭހަވެފައިވާތީ އެކްޓިވް ކޭސްގެ އަދަދު ވަނީ 45 އަށް ދަށްވެފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް