ކޮވިޑް-19 އަށް ފަރުވާހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ހުޅުމާލެ މެޑިކަލް ފެސިލިޓީން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކުމިއަދު ހަވީރު 04:53 ގައި ނިޔާވެފައިވާކަމަށެވެ.
ނިޔާވެފައިވަނީ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 274 ވަނަ މީހާއެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެ ދުވަހެއް ދުވަހަކަށް މިބައްޔަށް ފައްސިވާ މީހުން އަންނަނީ އިތުރުވަމުންނެވެ.