ތުރުކީގެ ހާރިޖީ ވަޒީރު މެވްލުތް ޗަވުޝޯލޫ މާދަމާ ރާއްޖެ ވަޑައިގަންނަން ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު މެވްލުތުގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
މިގޮތުން މިނިސްޓަރު މެވްލުތުގެ ދަތުރުފުޅުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން މިނިސްޓަރ ޝާހިދާ އެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށާއި ރާއްޖެއާއި ތުރުކީއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ދަތުރުފުޅަކީ ތުރުކީގެ ހަރީޖީ ވަރީރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.