ގދ ތިނަދޫއިން މިއަދު ކޮވިޑް-19 އަށް ރެކޯޑް އަދަދަކަށް މީހުން ފައްސިވެއްޖެ އެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ގޮތުގައި މިއަދު ތިނަދޫއިން 73 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މި އަދަދާއި އެކު މިއީ ތިނަދޫއިން އެއްދުވަސް ތެރޭ އެންމެ ގިނަ ބަޔަކު ފައްސިވި ދުވަހެވެ.
މިގޮތުން މިއަދު ތިނަދޫއިން ފައްސިވި މީހުންގެ ތެރޭގައި ގިނައީ މުޖުތަމައުގެ ތެރެއިން ފެނުނު ކޭސްތަކެވެ. މިގޮތުން ފްލޫ ސާޕްލަތަކުގެ ގޮތުގައި މިއަދު 46 ކޭސް ވަނީ ފެނިފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގ ގެ ގޮތުގައި 27 މީހަކު ވަނީ ތިނަދޫއިން މިއަދު ފައްސިވެފައެވެ.
މިއަދު ތިނަދޫއިން ގިނަ ބަޔަކު ފައްސިވެފައިވާއިރު 22 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ.
ފައްސިވި މީހުންނާއި އެކު ތިނަދޫގެ ޖުމުލަ އަދަދު ވަނީ 1546 އަށް އަރާފައެވެ. އެހެންނަމަވެސް ތިނަދޫގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 294 ގައެވެ.
ތިނަދޫގެ ކޮވިޑް ހާލަތު ގޯސްވެ 23 ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނީޓަރިންގ ހާލަތަށް ގެނެވިފައެވެ. އަދި އެރަށުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ވެސް ވަނީ ނިންމާފައެވެ. އެރަށުގައި ކާފިއު ހިންގުމަށް ނިންމާފައިވަނީ 7 ދުވަހުގެ މުއްދަތަކަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
100 އަަށް އެރީމާ ހަވަރު ތިނަދޫ ސިޓީ ސުޕާ ސިޓީއަކަށްވީއެވެ
މަލާމާތް ނުކުރާށެވެ. ޙަސަދަ ވެރި ނުވާށެވެ. ﷲ އަށް ބިރުވެތިވާށެވެ. ދަރަޖަ އަކީވެސް ﷲ ދެއްވީމަ ލިބޭ އެއްޗެކެވެ. ﷲ ކޮވިޑުގެ ބަލި މަޑުކަން ތަޙައްމަލް ކުރާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އެވެ. އާމީން
ޙަސަދަވެރި ނުވާށެވެ. މަލާމާތް ނުކުރާށެވެ. މާތް ﷲ އަށް ބިރުވެތި ވާށެވެ. ދަރަޖަ އަކީ ﷲގެ ރަޙުމަތް ފުޅުން ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ލިބޭ އެއްޗެކެވެ. ކޮވިޑް ގެ ބަލިމަޑުކަން މިމުޖުތަޢުގައި އާންމު ވަމުން ދިއުމުގައި ތިބާއަށް ނޭނގޭ ގިނަ ސަބަބުތަކެއް ހުރެދާނެއެވެ. އެކަމާ އުފާ ނުކޮށް ހެޔޮ ދުޢާ ކުރުން މުހިންމެވެ. ﷲ މިމުޖުތަމަޢު ގައި ތިބި ކޮވިޑް ބަލި ތަޙައްމަލް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އެވެ. އާމީން