ފެނަކަ ތިނަދޫ ބްރާންޗުން މިމަހު ރީޑިންގ ނެގުމަށް އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ކޮވިޑް-19ގެ ވޭދަނަތަކެއް ފެނި ތިނަދޫ މޮނީޓަރިންގ އަށް ލެވިފައިވާ މި ދަނޑިވަޅުގައި، ފެނަކަ ތިނަދޫއިން ވަނީ މި މަހުގެ ކަރަންޓު އަދި ފެން މީޓަރގެ ރީޑިންގ ނެގުމުގައި އާއްމުންގެ އެހީތެރިކަމަށް އެދިލައްވާފައެވެ.
އެގޮތުންް ކަރަންޓު އަދ ފެން މީޓަރުގެ ސާފު ފޮޓޯއެއް ނެންގެވުމަށްފަހު ގޭގެ ނަން ޖައްސަވައި ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ ކުރިން ވައިބަރ ކޮށްދެއްވުމަށް ފެނަކައިން ވަނީ އެދިލައްވާފައެވެ.
ވައިބަރ ނަންބަރުތަކަކީ:7783895، 7300845، 7465456، 7721013
މިމަހު 23ވަނަ ދުވަހު ތިނަދޫ މޮނީޓަރިންގ އަށް ލާފައިވަނީ ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެންނެވެ. އަދި މިރެއިން ފެށިގެން 7 ދުވަސް ވަންދެން ކޮންމެ ރެއަކު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށްވެސް ވަނީ ނިންމާފައެވެ.
ތިނަދޫ ރައްޔިތުންގެ ފަރާތުން މިފަދަކަންކަމުގައި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފެނަކަ ތިނަދޫ ބްރާންޗުން ވަނީ ތިނަދޫގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.