ވެލާނާ އެއާޕޯޓުގެ އެޕްރަންގައި ވެހިކަލެއް އެކްސިޑެންޓްވެއްޖެ

ވެލާނާ އެއާޕޯޓުގެ އޭޕްރަންގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި ދުއްވަމުން ދިޔަ ވެހިކަލެއް ކޮންޓްރޯލް ނުވެ ގޮސް ވަނީ ލައިޓް ޕޯސްޓެއްގައި ޖެހިފައެވެ. އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު 3 މީހަކަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ ވެހިކަލްގައި ތިބި މުވައްޒަފުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައި ނުވެއެވެ.

އެކްސިޑެންޓް ވި ވެހިކަލަކީ އެއާޕޯޓުގެ މުވައްޒަފުން ބޭނުންކުރާ ވެހިކަލެކެވެ. އެވެހިކަލް އެކްސިޑެންޓްވި އިރު ދަތުރުކުރަމުން ދިޔައީވެސް އެއާޕޯޓުގެ މުވައްޒަފުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް