ކުރިޔަށް އޮތް ހަވަރު ޔޫތުކަޕްގެ ދެ މުބާރާތުގައިވެސް މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

ތިނަދޫ ޖަމިއްޔާއެއްކަމުގައިވާ ހަވަރު ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް މުޅި ހުވަދުއަތޮޅަށް ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް "ހަވަރު ޔޫތު ކަޕް" ގެ ކުރިއަށް އޮތް ދެ މުބާރާތުގެވެސް މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފި އެވެ.

ހަވަރު ސްޕޯޓްސްގެ ނައިބު ރައީސް ޔާސިރު އަހުމަދު މި ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިހިނގާ 2022 ވަނަ އަހަރުގެ މުބާރާތާއި 2023ވަނަ އަހަރުގެ ހަވަރު ޔޫތުކަޕް ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުވެސް މުބާރާތުގެ ނަން "އެމްޓީސީސީ ހަވަރު ޔޫތުކަޕް" ގެ ނަމަށް ބަދަލުވެގެންދާނެކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.

މުބާރާތުގެ މެއިން ސްޕޮންސަރ ކުރިއަށް އޮތް ދެ އަހަރަށްވެސް އެމްޓީސީސީ ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް މުބާރާތްތަކުގައި އިތުރަށް ފޯރިގަދަކުރުމުގެ ގޮތުން ބޭރު ގިނަ ކުޅުންތެރިންތަކެއް ޓީމްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށް، މުބާރާތުގެ ޗެމްޕިއަންޓީމް އަދި ރަނަރަޕް ޓީމްތަކަށް ދޭނެ ފައިސާގެ އިނާމްވެސް ދެގުނަ ބޮޑުކުރުމަށް ހަވަރުސްޕޯޓްސްއިން ވަނީ ނިންމާފައެވެ.

ސަރުކާރުކާރުގެ ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގާ އެމްޓީސީސީ އަކީ އަބަދުވެސް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކި ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ. އެގޮތުން ކުޅިވަރު މުބާރާތްތައް ބޭއްވުމަށް އެޙިތެރިކަން ފޯރުކޮށްދިނުމާއި، އިޖުތިމާއީ އެހެނިހެން ކަންކަމުގައިވެސް އެމްޓީސީސީއަކީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ ކުންފުންޏެކެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް