އެފްއެސްއެމް އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށްފި

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށްފި އެވެ.

އެފްއެސްއެމްއިން ޕެޓްރޯލް ވިއްކުން ކޮންޓްރޯލްކޮށްފައިވަނީ ރާއްޖެއަށް ތެޔޮއެތެތެކުރާ ބައެއް އަމިއްލަ ކުންފުނިތަކުން ސްޓޮކް ހުސްވުމާއެކުގައެވެ.

އެފްއެސްއެމް އިން ބުނީ ޕެޓްރޯލް ވިއްކުން ކޮންޓްރޯލް ކުރިނަމަވެސް ޑީސެލް ކޮންޓްރޯލެއްނެތި ވިއްކަމުން އަންނަ ކަމަށެވެ.

ތެލުގެ ސްޓޮކް އަމިއްލަ ބައެއް ކުންފުނިތަކުން ހުސްވިއިރު، ދުނިޔޭގެ ބާޒާރުގައިވެސް ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އެފްއެސްއެމް އިން ބުނެއެވެ.

ނަމަވެސް ކުރިއަށް އޮތް ތިން ހަތަރު ދުވަހުގެ ތެރޭގައި ޕެޓްރޯލާއި ޑީސަލުގެ ޝިޕްމެންޓެއް ލިބި ތެލުގެ ޝޯޓޭޖަށް ލިބިފައިވާ މައްސަލަ ހައްލުކުރެވޭނެކަމަށް އެފްއެސްއެމް އިން ބުނެއެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް