މެލޭޝިއާއިންވެސް އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

ގިނަ އަދަދެއްގެ ދިވެހިން ފިރިއުޅެމުންދާ އަދި ދަތުރުކުރާ މެލޭޝިއާއިންވެސް ކޮވިޑް-19 ގެ އާ ވޭރިއެންޓް ކަމުގައިވާ އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ އެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓަރު ހައިރީ ޖަމާލުއްދީން މިއަދު ވަނީ އެގައުމުން އޮމިކްރޮން ވޭރިއަންޓް ފެނިފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

މެލޭޝިއާ އިން ޕޮޒިޓިވްވެފައި ވަނީ ސައުތު އެފްރިކާ އިން އެ ގައުމަށް ދަތުރުކުރި ބިދޭސީ ދަރިވަރެކެވެ. އަދި އޭނާ އެޤައުމަށް އެތެރެވެފައިވަނީ ސިންގަޕޫރުގައި ވެސް މަޑުކޮށްފައިކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި އެދަރިވަރު މެލޭޝިއާ އަށް އެތެރެވެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އޮމިކްރޯން ވޭރިއަންޓް އިއުލާން ކުރުމުގެ ކުރިންނެވެ.

މެލޭޝިއާ އިން މިހާރު ވަނީ އޮމިކްރޯން އުޅޭ ގައުމުތަކުން މީހުން އެތެރެވުން މަނާކޮށްފަ އެވެ

މެލޭޝިއާގެ އިތުރުން އޭޝިއާގެ ގިނަ ޤައުމުތަކުން މިހާރު އާވޭރިއެންޓް އަންނަނީ ފެންނަމުން އެވެ. އެގޮތުން އަވަށްޓެރި އިންޑިއާއާއި ލަންކާއިންވެސް މިހާރު ވަނީ އެ ވޭރިއެންޓް ފެނިފައެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް