ގައުމީ ރާޅާއެޅުމުގެ މުބާރާތުން ލިބުނު ރަން މެޑަލާއި އެކު ގައްދޫ ރައްޔިތުން އުފަލުން ފޮޅިފައި!

ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ޓީމަކަށް ހޮވުނު ގދ ގައްދޫ ތަމްސީލްކުރި ޓައިގާ ވޭވް ސްޕޯޓްސް އަށް ގައްދޫއިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ގައްދޫ ޓީމު މިދިޔަ ބުދަ ދުވަހު އެރަށަށް ދިޔުމުން އެރަށުގެ ކައުންސިލާއި އެރަށުގެ ކްލަބްތަކާއި ރައްޔިތުން ގުޅިގެން ވަނީ މަރުހަބާ ކިޔުމަށް އެރަށުގައި ބޮޑު ހަރަކާތެއް ބާއްވާފައެވެ. އެގޮތުން ު މުބާރާތުގައި ބައިވެރިވި އެރަށުގެ 10 އެތްލީޓުންނަށް ބޮޑުބެރާއެކު އެހިނިހެންވެސް ސަޤާފީ ހަރަކާތްތަކުން މަރުހަބާ ކިޔާފައެވެ.

14 ރަށަކުން ޓީމްތަށް ވާދަކުރި ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021 ގެ ދެވަނަ ގައްދޫ ޓީމުން ހޯދީ 3،190 ޕޮއިންޓުންނެވެ. އަދި މި މުބާރާތުގައި އެޓީމަށް ވަނީ ދެ މެޑަލް ލިބިފައެވެ.

އެގޮތުން މުބާރާތުގެ ޝޯޓްބޯޑް ކެޓެގެރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެޓީމުގެ ހޫދު އަހުމަދު އެވެ. އަދި އެކެޓެގެރީގެ ލޯ މެޑަލް ހަމައެޓީމުގެ ނަޖާހް މުހައްމަދު ވަނީ ހޯދާފައެވެ.

މިއީ ގައްދޫ އެތްލީޓަކު ޤައުމީ ރާޅާ އެޅުމުގެ މުބާރާތުގެ ޝޯޓްބޯޑް ކެޓެގެރީއިން ރަން މެޑަލެއް ހޯދި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ގައްދޫގެ އިތުރުން ހުވަދު އަތޮޅުގެ އިތުރު ޓީމެއްވެސް ވަނީ ބައިވެރިވެފައެވެ. އެއީ ގދ ވާދޫގެ ބްލޫބޯލް ޓީމެވެ. އެޓީމުގެ ފަރާތުން މުބާރާތުގައި ގިނައިން ވާދަކުރީ ޖޫނިއާރ އެތްލީޓުންނެވެ. މުބާރާތުގައި މެޑެލެއް ނުހޯދުނު ނަމަވެސް އެޓީމުގެ އެތްލީޓުންވެސް ވަނީ މުބާރާތުގައި މޮޅު ހުނަރުތަކެއް ދައްކާލާފައެވެ.

 

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް