ސްރީލަންކާއިންވެސް ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް ފެނިއްޖެ

އަވައްޓެރި ސްރީލަންކާއިންވެސް ކޮވިޑް-19ގެ އާވެރިއަންޓް އޮމިކްރޮން ފެނިފައިވާކަމަށް އެޤައުމުގެ ނޫހަކުން ރިޕޯޓްކޮށްފި އެވެ.

ލަންކާގެ ނޫހެއް ކަމުގައިވާ ނިއުސްވަޔާއިމް ރިޕޯޓްކޮށްފައިވާ ގޮތުގައި ލަންކާއިން މިހާރު އޮމިކްރޮން ވޭރިއަންޓު ވަނީ ފެނިފައެވެ.

އެޤައުމުގެ ހެލްތް ޕްރޮމޯޝަން އާއި ހަވާލާދީ އެނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެޤައުމުނެ ކޮވިޑް-19ގެ އާވެރިއަންޓް އޮމިކްރޮން ފެނިފައިވަނީ އެވޭރިއެންޓް އެންމެ ގިނައިން ފެންނަމުންދާ ސައުތް އެފްރިކާއިން ލަންކާއަށް ދަތުރުކުރި ފަރާތެއްގެ ފަރާތުންނެވެ.

އެގޮތުން މި ވޭރިއެންޓްގެ ކޮވިޑް-19 އަށް ފައްސިވެފައިވަނީ ލަންކާގެ ރައްޔިތެއް ކަމަށްވެސް އެޤައުމުގެ ހެެލްތް ޕްރޮމޯޝަން އާއި ހަވާލާދީ އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އިއްޔެ އަވަށްޓެރި އިންޑިއާއިންވެސް މި ވޭރިއެންޓް ވަނީ ފެނިފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް