ކަނޑުހުޅުދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ބާއްވަނީ

ގއ. ކަނޑުހުޅުދޫގައި މާދަމާ ސާފުކުރުމުގެ ހަރަކާތެއް ހިންގުމަށް ނިންމައިފި އެވެ.

މި ހަރަކާތަކީ ކަނޑުހުޅުދޫ ކައުންސިލުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެކެވެ.

މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 ޖަހާއިރު އެރަށު ބަނދަރު ސަރަހައްދުގަ އެވެ.

ކަނޑުހުޅުދޫ ކައުންސިލުން ވަނީ އެ ޕްރޮގްރާމުގައި ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވެލެއްވުމަށް އެދިލައްވާފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް