ރަތަފަންދޫގެ ލޭންޑް ޔޫސް ޕްލޭން މުރާޖާކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ގދ ރަތަފަންދޫގެ ލޭންޑް ޔޫސް ޕްލޭންް މުރާޖާކޮށް އަލުން ލޭންޑްޔޫސް ޕްލޭ ހަދައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ރަތަފަންދޫ ކައުންސިލުން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރި އިއުލާނެއްގައި ބުނެފައިވަނީ ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫސް ޕްލޭން މުރާޖާކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ.

ލޭންޑް ޔޫސް ޕްލޭން މުރާޖާކޮށް އަލުން ހަދައިދިނުމުގެ މަސައްކަތް ކުރާއިރު އެ ޕްލޭން ބިނާކުރަންވީ ކަންކަންވެސް ވަނީ އެ އިއުލާނުގައި ވަނީ ފާހަގަކޮށްފައި އެވެ. އެކަންތައްތަކަކީ :

  • ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫސް ޕްލޭން ބިނާކުރުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެކަށައަޅާފައިވާ ޤަވާއިދުތަކާއި މިންގަނޑުތަކާއި އުޞޫލުތަކާއި އެއްގޮތަށް ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމުގެ އެންމެހާ މަރުހަލާތަކެއް ކުރިއަށް ގެންދިއުން.
  • ރަށުގެ ފަޅާއި އިޤްތިސޯސް ގައި ހިމެނޭ ފަޅުރަށްތައް ބޭނުންކުރެވޭނޭ ގޮތެއް ޕްލޭންގައި ހިމެނުން
  • ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމަށްފަހު، ފާސްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ކުރެހުންތައް ތައްޔާރުކޮށްދިނުން.
  • ލޭންޑް ޔޫސް ޕްލޭން މުރާޖާ ކުރުމަށްފަހު ފާސްކުރުމަށް ހުށަހެޅުމުން، އިސްލާހުކުރުމަށް އަންގާ ކަމާގުޅޭ ބަދަލުތައް ޕްލޭނަށް ގެނެސް، ފާސްކުރެވެންދެން މަސައްކަތް ކޮށްދިނުން.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކޮއްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 09 ނޮވެންބަރު 2021 ވާ އަގާރަ ދުވަހު 13:00 ގެ ކުރިން އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުމަށް އެކައުންސިލުން އެދެއެވެ. އަދި އަންދާސީ ހިސާބު މެއިލް ކުރައްވާނަމަ އެ އިދާރައިގެ މެއިލް info@rathafandhoo.gov.mv ގެ ޒަރިއްޔާއިންވެސް ހުށަހެޅުއްވޭނެއެވެ.

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް