ވެކްސިން ރައްކާކުރުމަށް ޖަޕާނުގެ އެހީ ރާއްޖެއަށް

ރާއްޖޭގައި ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ނިޒާމު މިހާރަށްވުރެ ފުޅާކުރުމަށް ޖަޕާން ސަރުކާރުން ރާއްޖެއަށް ވަސީލަތްތަކެއް ފޯރުކޮށްދީފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހެލްތު މިނިސްޓްރީ އާ ހަވާލުކުރީ ޔުނިސެފްގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް މަރްޖާން މުންތަޒިމީ އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ މިސް ކެއިކޯ ޔަނާއީ އެވެ.

ހެލްތު މިިނިސްޓްރީން މައުލޫމާތުދޭގޮތުގައި، ވެކްސިން އުފުލުމާއި ރައްކާކުރުމަށް ބޭނުންވާ "ފްރީޒް ފްރީ ވެކްސިން ކެރިއަރސް" އަދި ކޯލްޑް ޗެއިން ސްޓޯރޭޖް ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ފްރީޒަރ، ފިނިހޫނުމިން ވަޒަންކުރާ އާލާތްތައް، އިންފޮމޭޝަން ޓެކްނިލޮޖީގެ އާލާތްތައް އަދި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީ.ޕީ.އީ) ފަދަ ސާމާނު ޖަޕާނުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެއެވެ.

މި ތަކެއްޗާއި، މި ޕްރޮޖެކްޓްގައި ހިމެނޭ ފަންނީ ލަފާގެ އެހީތެރިކަމާއެކު މުޅި ޖުމްލަ 950،000 އެމެރިކާ ޑޮލަރުގެ އެހީ މިޕްރޮޖެކްޓްގެ ތެރެއިން ޞިއްޙީދާއިރާއަށް ލިބިގެންދާނެކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ނަސީމް ވަނީ، ޔުނިސެފް އަދި ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް މެދުނުކެނޑި ލިބެމުންދާ އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް