ތިނަދޫގައި ކޮވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒްއެއް ޖެހުމަށް ތައްޔާރުވަނީ

ގދ ތިނަދޫގައި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބޫސްޓަރ ޑޯޒް ޖެހުމަށް ހުޅުވާލެވިފައިވާ ކެޓަގެރީތަކުގެ މީހުންނަށް ބޫސްޓަރ ޑޯޒް ޖެހުމަށް ނަންނޯޓުކުރުމަށް ހުޅުވާލައިފި އެވެ.

ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށް ނަންނޯޓުކުރުން 17 އޮކްޓޯބަރ އިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން ބަންދު ދުވަސްތަށް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް 6841978 އަށް ގުޅުއްވާ ނުވަތަ https://forms.gle/YHbakn6famEQd1LV8 ގޫގްލް ފޯރމް ފުރިހަމަ ކުރައްވައިގެން ނަން ނޯޓުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތް ދޭ މީހުންނަށް 3ވަނަ ޑޯޒެއް ދޭން ނިންމާފައެވެ. އެގޮތުން ޢުމުރުން 60 އަހަރު މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އިސްކަންދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ވަގުތު ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖެހުމަށް ހަމަޖައްސާފައިވަނީ ފައިޒާ ވެކްސިން އެކަނިކަމަށާއި މި ޑޯޒް މިއަދުން ފެށިގެން ޖަހަން ފަށާފައިވާކަމަށްވެސް އެޗްޕީއޭ އިން މަޢުލޫމާތު ދެއެވެ.

ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޯވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން، ހަ މަސް ދުވަސް ވެފައިވާ މީހުންނަށް އެކަންޏެވެ.

މި ވަގުތު ފައިޒާ ވެކްސިނުން އެކަނި ބޫސްޓާ ޑޯޒް ދޭން ނިންމާފައިވާއިރު އެޗްޕީއޭއިން ވިދާޅުވީ ވެކްސިންގެ ބޫސްޓާ ޑޯޒް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަނިކަމަށެވެ. މިގޮތުން އޭޑީކޭ ހޮސްޕިޓަލުން ހެނދުނު 9:00އިން މެންދުރު 14:00އަށެވެ. އަދި ހުޅުމާޅެ ހޮސްޕިޓަލުން މެންދުރު 13:00އިން 15:00އަށް ވެކްސިން ޖަހައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް