އެންސީއޭގެ އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް މުއާ

ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަ ޖައްސަވައިފި އެވެ.

މުއާ ހަމަ ޖައްސަވާފައިވަނީ އާޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމަށެވެ. ސަރުކާރުގެ އެގްޒެކެޓިވް ފެންވަރުގެ މަގާމުތަކުގައި މަހު މުސާރާއިގެ ގޮތުގައި 25،000ރ. ލިބެ އެވެ.

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައިވެސް މުއާ ވަނީ އެ މަގާމުގައި ދެ ފަހަރެއްގެ މަތިން އަދާ ކުރައްވާފައިވެ އެވެ.

މުއާ މިހާރު ކައިވެނިބައްލަވައިގެން އުޅުއްވަނީ ފިލްމީ ގިނަ ތަރިންތަކެއް ހިމެނޭ އާއިލާގެ އެއް މެމްބަރު މަރިޔަމް އައްޒައާ އެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް