20 ރުފިޔާގެ ނޫޓު ސްޓޮކް މަދުވުމުގެ ސަބަބުން އިތުރު ސްޓޮކެއް ޗާޕުކޮށްފި

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުގައި ހިމެނޭ 20 ރުފިޔާގެ ނޫޓު ސްޓޮކް މަދުވުމުގެ ސަބަބުން ޗާޕު ކޮށްގެން ގެނެސްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕު ކޮށްފައިވާ ކަމަށެވެ.

އަލަށް ޗާޕުކުރި ސްޓޮކު އިއްޔެ ރާއްޖެ ގެނެއުމަށްފަހު ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ނަމަވެސް ޗާޕުކޮށްގެން ގެނައީ ކިހާ އަދަދެއް ކަމެއް އެމްއެމްއޭއިން ހާމައެއް ނުކުރެއެވެ.

ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ.

ރާއްޖޭގެ މިނިވަންކަމަށް ބައި ގަރުނު ފާހަގަ ކުރުމާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނެރުނު ރަންދިހަ ފަހެއްގެ ނޫޓް ސީރީޒްގައި ހިމެނެނީ 1000 ރުފިޔާގެ ނޫޓާއި 500 ރުފިޔާ އާއި 100 ރުފިޔާ އަދި 50 ރުފިޔާގެ އިތުރުން 20 ރުފިޔާ އަދި 10 ރުފިޔާގެ ނޫޓު ތަކެކެވެ. މި ނޫޓްތައް ތައްޔާރުކޮށްފައިވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ނޫޓުތަކެކޭ އެއްގޮތަށް ޕޮލީމާ މެޓީރިއަލް އިންނެވެ

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް