ރާއްޖެ ބަލިކޮށް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް!

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލަށް އިންޑިއާ ދަތުރުކޮށްފި އެވެ.

އިންޑިއާ ފައިނަލަށް ދަތުރުކުރީ މިރޭ ކުޅުނު މެޗުން ރާއްޖެ 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މި މެޗުގައި ރާއްޖެއަށް ކާމިޔާބުކުރެވުނު ހަމައެކަނި ގޯލް ރާއްޖެއަށް ކާމިޔާބުކޮށްދިނީ ރާއްޖޭގެ ޖާޒީ ނަމްބަރު 7، އަލީ އަޝްފާގް އެވެ. އަދި މި މެޗުގައި އިންޑިއާއިން ކާމިޔާބުކުރި 3 ގޯލްގެ ތެރެއިން 2 ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިންޑިއާގެ ފުޓްބޯޅަ ރަސްގެފާނު ސުނިލް ޗެތްރީ އެވެ. އަދި އިންޑިޔާގެ އެނެއް ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މަންވަރް ސިންގ އެވެ.

މިއާއި އެކު ފައިނަލްގައި އިންޑިއާ ވާދަކުރާނީ ނޭޕާލާއި އެވެ.

އިތުރު ތަފްސީލް އަންނަނީ …

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް