ތިނަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ގދ. ތިނަދޫގައި މިރޭ ހިނގި އެމްސިޑެންޓު --- ގާފު ފޮޓޯ

ގދ. ތިނަދޫގައި ޕިކަޕަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ތިނަދޫ މިއުޒިއަމް ޕާކުގެ އިރުމަތީ ފަރާތު ކަންމަތިންނެވެ. އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވަން އިން މީހާއަށް މާ ބޮޑު އަނިޔާއެއް ވެފައި ނުވި ނަމަވެސް، އޭނާގެ ފައި ކޮންމެވެސް ވަރަކަށް ވަނީ ޒަޚަމްވެފައެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ޕިކަޕަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވާއިރު ފުލުހުން ދަނީ އެސަރަހައްދު ބަންދުކޮށް، ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް