އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮނޑޭގައި ޤާއިމްކުރި އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައިފި

ގއ ކޮނޑޭ އައުޓްޑޯ ޖިމް

ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން ގއ ކޮނޑޭގައި ޤާއިމްކުރި އައުޓްޑޯ ޖިމްގެ މަސައްކަތް ނިމި މިއަދު ކޮނޑޭ ކައުންސިލުން އެޖިމް އާމުންނަށް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިޖިމަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހަށިހެޔޮ ދުޅަހެޔޮ ސިޔާސަތުގެ ދަށުން ސަރުކާރުން ކަސްރަތު ކުރެވޭނެ ވަސީލަތްތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމް ކުރުމުގެ ވައުދުގެ ދަށުން ކޮނޑޭގައި ގާއިމު ކުރި އައުޓްޑޯ ޖިމެކެވެ.

މި އައުޓްޑޯރ ޖިމްގެ ތަކެތި އެރަށްރަށަށް ގެންގޮސް އިންސްޓޯލް ކޮށްފައިވަނީ ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެވެ.

ގއ ކޮނޑޭ އައުޓްޑޯ ޖިމް

މި ޖިމް އާންމުންނަށް ހުޅުވިގެންދިޔުމާއި އެކު ޔޫތް މިނިސްޓަރު މަހްލޫފް ކޮނޑޭއާއި ދޭތެރޭ ބަހައްޓަވާ ގާތްކަމަށްޓަކައި ކޮނޑޭ ކައުންސިލްގެ ރައީސް ވަނީ ރަށުގެ ހުރިހާ ރައްޔިތުންގެ ނަމުގައި މިނިސްޓަރު މަހްލޫފު އަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކޮށްފައި އެވެ.

ކޮނޑޭގެ އިތުރުން ގާފު އަތޮޅުގެ އިތުރު 6 ރަށެއްގައިވެސް އިންޑިއާގެ ހިލޭ އެހީގެ ދަށުން އައުޓްޑޯރ ޖިމް ޤާއިމްކުރުމަށް ވަނީ ކްރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި އެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް