ފަރެސްމާތޮޑާގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ތުހުމުތުގައި ބިދޭސީއަކު ހޯދަނީ

ގދ ފަރެސްމާތޮޑާގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިމަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ހޯދަމުން ދަނީ ބަންގަލަދޭޝްގެ ރައްޔިތެއްކަމުގައިވާ ޔޫނުސް، (52އ) އެވެ.

ފުލުހުން ވަނީ އޭނާ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިމަކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން، 2021 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް އަންގާފައި އެވެ.

އަދި ފުލުހުން ވަނީ އޭނާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން ނަންބަރު: 9790111 އަށް ގުޅުއްވުމަށްވެސް އެދިފައިއެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް