އުފަންވެނި ސިއްހަތަށް ފަރުވާ ދިނުމަށް ޚާއްސަ ސެންޓަރެއް ހުޅުވައިފި

އުފަންވެނި ނުވަތަ ރިޕްރޮޑަކްޓިވް ސިއްހަތަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

މި ސެންޓަރު ހުޅުވާފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގައި އެވެ. އެގޮތުން މި ސެންޓަރު ހުންނާނީ، ހޮސްޕިޓަލުގެ ގޯތިތެރޭގައި މި ފަހުން ހުޅުވި ހަ ބުރީގެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ.

މި ސެންޓަރު ޤާއިމްކޮށްފައިވަނީ ޔޫއެންޑީޕީގެ އެހީގައި އެވެ. މި ސެންޓަރާއި އެކު އެހޮސްޕިޓަލުގައި މާބަނޑު މީހުންގެ ކްލިނިކް، ތުއްތު ދަރިފުޅާއި މައިމީހާގެ ކްލިނިކް، އާއިލާ ރޭވުމުގެ ހިދުމަތް އަދި ފުރާވަރު އުމުރުގެ ކުދިންނަށް ކައުންސެލިން ދޭން ވަނީ ފަށައިފަ އެވެ.

އެ ހޮސްޕިޓަލުގައި މީގެ ކުރިން އުފަންވެނިވި ސިއްހަތުގެ ފަރުވާ ދިނީ ހޮސްޕިޓަލުގެ ތެރޭގައި ކުޑަ ޔުނިޓެއް ހަދައިގެންނެވެ. އޭގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވި އެވެ.

އެ ހިދުމަތް ހޯދުމަށް ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހު 3350127 ނަމްބަރަށް ގުޅައި އެޕޮއިންޓްމަންޓު ހެދޭނެ އެވެ.

ކޮމެންޓް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް