logoEN
WAMCO TOP 1
އިންޑިއާގެ ނޭވީއާއި އެމްއެންޑީއެފުން ގުޅިގެން ހިންގާ "އެކްސަސައިޒް އެކަތަ" ފަށައިފި

އިންޑިއާގެ ނޭވީއާއި އެމްއެންޑީއެފުން ގުޅިގެން ހިންގާ "އެކްސަސައިޒް އެކަތަ" ފަށައިފި

އަހުމަދު ޝުރާއު

logo

9/5/2022, 3:08:38 PM

# އެމްއެންޑީއެފް# އިންޑިއަން ނޭވީ

4014

އިންޑިއާ ނޭވީއާއި އެމްއެންޑީއެފް ގުޅިގެން ހިންގާ "އެކްސަސައިޒް އެކަތަ 2022"، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގައި ފަށައިފިއެވެ.

THE TRAVELLER AD

މި އެކްސަސައިޒްް ފެށްޓުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް ލ.ކައްދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯރގެ ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ނަވީން ޒުބައިރެވެ. މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ސީ. މޯޑްގިލްގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ފަސީހު ބައިވެރިވެލެއްވިއެވެ.

މި އެކްސަސައިޒް ކުރިޔަށް ދާނީ މިއަދުން ފެށިގެން އޮކްޓޯބަރު 3 ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ 30 މެރީންސްއާއި އިންޑިއަން ނޭވީގެ 10 މެރިން ކޯމާންޑޯސް މި އެކްސަސައިޒްގައި ބައިވެރިވާނެ އެވެ.

މި އެކްސަސައިޒްގައި ކޮމްބެޓް ޝޫޓް، ވީބީއެސްއެސް، ޑިމޮލިޝަން، ސީކިއުބީ، ޑައިވޭޓަރ ޑައިވިންގ، ރީބްރީތަރ ޑައިވިންގެ އިތުރުން ޑައިވިންގ އޮޕަރޭޝަން ފަދަ ބައިތައް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ފަހުގެ
HDC