logoEN
Sto top
ޑްރަގް ޓްރެފިކް ކުރާ ބަޔަކު ސުޕަމާކެޓްތަކަށް 907 ކިލޯގެ ކޮކެއިން ފޮނުވައިފި

ޑްރަގް ޓްރެފިކް ކުރާ ބަޔަކު ސުޕަމާކެޓްތަކަށް 907 ކިލޯގެ ކޮކެއިން ފޮނުވައިފި

އަލްފާ އަލީ

logo

6/19/2022, 7:23:08 PM

# ޑްރަގް

0_PAY-Newsflash-GermanyCocaineCzech-01

ދޮންކެޔޮ ފޮށިތަކެއްގެ ތެރެއަށް ލައިގެން ސުޕަމާކެޓްތަކަކަށް ވިއްކަން ފޮނުވި 907 ކިލޯގެ ކޮކެއިން އަތުލައިގެންފިއެވެ.

Wamco

މިހާދިސާ ހިނގާފައިވަނީ ޗެކް ރިޕަބްލިކް ގައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގެ ސުޕަމާކެޓުތަކަށް އެތަކެތި ފޮނުވާފައިވަނީ އެތަކެތި އެގައުމަށް އެތެރެކުރި މީހުންނަށް އޮޅިގެންނެވެ.

ސުޕަމާކެޓަށް ފޮނުވި އެ ޑްރަގް ފެނިފައިފައިވަނީ އެތަނުގައި މަސައްކަތްކުރާ މީހުންނަށެވެ. އެމީހުން ބުނީ، ދޮންކެޔޮ ފޮށިތަކެއްގެ ތެރެއިން ކުދި ކުދި ޕެކޭޖުތަކެއް ފެނުމުން އެކަމާ މެދު ޝައްކު އުފެދިގެން ފުލުހުންނަށް އެންގީ ކަމަށެވެ.

އެމައްސަލައާ ގުޅިގެން ފުލުހުން ބުނީ، ސުޕަމާކެޓަށް ފޮނުވި ކޮކެއިންގެ ބަރުދަނުގައި 907 ކިލޯ ހުރި ކަމަށެވެ. އަދި އެތަކެތި އެގައުމަށް އެތެރެކޮށްފައިވަނީ ކޮލަމްބިއާއިން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ އެގައުމުގެ ޑްރަގް ކޮންޓްރޯލް ސެންޓަރުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC