
-
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "ހެލްތު އެކްސްޕޯ"ގެ ނަމުގައި ޚާއްސަ އެކްސްޕޯއެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ސިއްޙީ ވުޒާރާއިން ބާއްވާ މި އެކްސްޕޯއަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމަށް ބާއްވާ އެކްސްޕޯއެކެވެ.
މި އެކްސްޕޯއާއި ގުލޭގޮތުން ހެލްތު މިނިސްޓްރީން ބުނީ މިއަހަރުގެ ހެލްތު އެކްސްޕޯގައި 50 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާ ކަމަށާއި މިއަހަރުގެ މި އެކްސްޕޯގައި މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުންވެސް ބައިވެރިވެފައިވާކަމަށެވެ.
ހެލްތު އެކްސްޕޯއަކީ، ވަކި އުމުރުފުރައަކަށް އޮތް އެކްސްޕޯއެއް ނޫންކަން ފާހަގަކޮށް މިނިސްޓްރީން ވަނީ މި އެކްސްޕޯގެ ތެރެއިން ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ ކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަން ހާމަކޮށްފައެވެ.
ހެލްތު އެކްސްޕޯ 2025އަކީ، މި ސަރުކާރަށް 2 އަހަރު ފުރޭ މުނާސަބަތުގައި ބާއްވާ އެކްސްޕޯއެކެވެ. ހެލްތު އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 13 އިން 15އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.






