logoEN
Sto top
ގުޅި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

ގުޅި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެ

އަހުމަދު ޝުރާއު

logo

11/12/2025, 3:28:16 PM

# ކ ގުޅި

-

ކ. ގުޅި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު މިއަދު ކ. ގުޅީގައި ބާއްވައިފިއެވެ.

Wamco

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ގުޅީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުނ،ް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުالله މުއްޠަލިބް ގުޅީ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވިއެވެ.

މި މަޝްރޫއުގެ ދަށުން ، 10.15 ހެކްޓަރުގެ ބިމެއް ގުޅިއަށް ވަނީ އިތުރުކުރެވިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 749 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި 325 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއި،77 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

މި މަޝްރޫއަކީ 89.63 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC