
--
ބޭންކް އޮފް މޯލްޑިވްސް އިން ޅ. ހިންނަވަރުގައި ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ.

ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިހާރުވެސް ބީއެމްއެލުން އަންނަނީ ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗް މެދުވެރިކޮށް، އަތޮޅުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
އަދި ބޭންކުން ވަނީ ޅ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސަރވިސް އޭޓީއެމްގެ ޚިދުމަތްވެސް ގާއިމުކޮށްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 200 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 258 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ގުޅުންހުރި
%20(1).jpg&w=3840&q=75)
ދުވާލެއްގެ މައްޗަށް 5,000 ޑޮލަރުގެ ލިމިޓާއިއެކު ބީއެމްއެލުން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފި

ބީއެމްއެލްގެ "ދިވެހީންގެ ބޭންކު - މުޅި ރާއްޖެ" އަށް ކެމްޕެއިން އިފްތިތާހުކޮށްފި

ސްވައިޕް: ބީއެމްއެލުން ތައާރަފްކުރާ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓް، 100 ޕަސެންޓު ދިވެހި އުފެއްދުމެއް!





