
-
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ޖުވެއިނަލް ކޯޓުގެ ގާޟީ އަލްއުސްތާޛު އަހުމަދު ޝަރީފް އެވެ.
މި ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 40 ފުލުހުންނެވެ. އެއީ އަންހެން 17 ފުލުހުންނާއި ފިރިހެން 23 ފުލުހުންނެވެ.
ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ އިގުރާރުގައި ސޮއިކޮށްފައެވެ.
ގުޅުންހުރި

މަސްތުވާތަކެތި ވިއްކާ އެ ބޭނުންކުރާ މީހުންނަށް ދެން އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު: އިހްސާން

އައްޑޫ އިން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންތަކެއް ހައްޔަރުކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދިވެއްސަކު ހޯދަނީ





