
-
އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ މައްސަލަ ރޭ 01:17 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މާރާމާރީގައި 34 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާއަށް ފަރުވާ ދެމުންދަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެވެ.
މި މައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް މީހަކު ހައްޔަރުކޮށްފައިވާކަމެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.








