logoEN
Sto top
އަންހެން ފުލުހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު - ސީޕީ

އަންހެން ފުލުހުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު - ސީޕީ

އަހުމަދު ޝުރާއު

logo

9/17/2025, 10:31:18 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

Wamco

ސީޕީ ނަވީން މިފަދައިން ވިދާޅުވީ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހާ ގުޅިގެން ދެއްވި ޚާއްސަ މެސެޖެއްގައެވެ.

ސީޕީގެ މެސެޖުގައި ވަނީ މިފަދަ މުނާސަބާއެއް ފާހަގަކުރަމުންދާއިރު، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އައުކުރައްވާފައެވެ.

އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ ޚިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށް ކަމަށްވާއިރު، ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންނުކުރެވޭހާ ބޮޑު ކަމަށްވެސް ސީޕީ ނަވީންގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، އަންހެނުން ފުލުހުން ޚިދުމަތުގައި ދެމިތިބުމަކީ މި ޚިދުމަތުގައި އަންހެނުން އަދާކުރަމުންދާ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ދައްކުވައިދޭ ކަމެއްގެ ގޮތުގައި ސީޕީ ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން ސީޕީ ވަނީ މިއަދު ފާހަގަކުރަމުންދާ މޯލްޑިވްސް ވިމަން އިން ޕޮލިސިންގ ދުވަހު، ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަންހެން ފުލުހުންގެ އިޚުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުންދާ ޚިދުމަތުގައި މުހިންމު ދައުރެއް އާދަކުރާ ކަމަށް ސީޕީ ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC