logoEN
Sto top
ލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ!

ލަންކާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ!

އަހުމަދު ޝުރާއު

logo

7/27/2025, 6:45:49 PM

# ރާއްޖެ - ސްރީލަންކާ

-

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް މާދަމާ ވަޑައިގަންނަވާނެ އެވެ.

Wamco

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ މިހިނގާ ޖުލައި މަހުގެ 28 އިން 30 އަށެވެ.

ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަގެ މިދަތުރުފުޅަކީ، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއާއި، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. ހަމައެއާއިއެކު ދެ ޤައުމުން އެކިދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރެވުނީ 26 ޖުލައި 1965 ގައެވެ. އަދި މިއަހަރަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރޭ މުހިންމު ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC