logoEN
Sto top
އަންނަ މަހުން ފަށައިގެން ލަންކާއިން ދިވެހީންނަށް އެއް އަހަރުގެ ވިސާ ދޫކުރަން ފަށަނީ

އަންނަ މަހުން ފަށައިގެން ލަންކާއިން ދިވެހީންނަށް އެއް އަހަރުގެ ވިސާ ދޫކުރަން ފަށަނީ

އަހުމަދު ޝުރާއު

logo

7/26/2025, 8:46:40 AM

# ރާއްޖެ - ސްރީލަންކާ

-

ސްރީލަންކާ އިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރަން ތައްޔާރުވެފައިވާކަން ހާމަވެއްޖެ އެވެ.

Wamco

ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތު ހެރަތުއާ ހަވާލާދީ ލަންކާގެ ނޫހެއް ކަމަށްވާ އޮކޮނިމީނެކްޓްއިން ބުނެފައިވަނީ އަންނަ މަހުން ފެށިގެން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދޫކުރުމަށް ލަންކާ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެެގޮތުން މިހާރު ދިވެހީންނަށް ދެމުންއަންނަނީ ކުރު މުއްދަތުގެ ވިސާކަން ވިޖިތު ވަނީ ފާހަގަކުރައްވަފައި އެވެ.

ވިޖިތު އިތުރަށް ވިދާޅުވީ މިގެ ކުރީން ގިނަ އަދަދެއްގެ ދިވެހީން ލަންކާއަށް ބޭސްފަރުވާއަށް ދަތުރުކުރި ކަމަށާއި ނަމަވެސް ލަންކާގެ ވިސާގެ ކަންކަން ހަރުކަށިކުރުމާއިއެކު ލަންކާއަށް ދަތުރުކުރާ ދިވެހީންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިޔަ ކަމަށެވެ. މިއާއިއެކު ދިވެހީންނަށް އެއް އަހަރު ދުވަހުގެ ވިސާ ދޫކުރަން ނިންމީ ކަމަށް ވިޖުތު ވިދާޅުވިއެވެ.

ދިވެހިންނަށް ލަންކާ ސަރުކާރުން މިހާރު ދެނީ އޮންއެރައިވަލް 30 ދުވަހުގެ ވިސާ އެވެ. ނަމަވެސް ފީއެއް ދައްކައިގެން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރުކޮށްދެ އެވެ.

ލަންކާ ސަރުކާރުން މިކަން ހާމަކުރައްވާފައިމިވަނީ ރަސްމީ ދަތުރުފުޅެއްގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައިވަނިކޮށެވެ. އެގޮތުން ރައީސް އަނޫރާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.

ލަންކާ ސަރުކާރުން ވިސާއަށް ގެންނަ ބަދަލުތައް ރަސްމީކޮށް އިއުލާން ކުރާނީ އަނޫރާގެ ދަތުރުގެ ތެރެއިން ކަމަށްވެސް ލަންކާގެ ނޫސްތަކުން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC