logoEN
Sto top
ރާއްޖޭގެ ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި: ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ!

ރާއްޖޭގެ ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި: ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ!

އަހުމަދު ޝުރާއު

logo

7/19/2025, 10:07:01 AM

# މޫސުމާއިބެހޭ ގައުމީ އިދާރާ

--

ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.

Wamco

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް މިރޭގެ 21:30 ގެ ނިޔަލަށެވެ.

އެގޮތުން ހުދު ސަމާލުގެ މުއްދަތުގައި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.

މިއަދުގެ ގިނަ ވަގުތުތަކުގައި އެސަރަހައްދަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލުވެސް ނެރެފަައިވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުދަ ދުވަހު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ޖުލައި 17 އިން ފެށިގެން ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގުމުސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެެގޮތުން ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ޚާއްސަކޮށް ކަނޑުއޮޅިތަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އޭގެ އިތުރުން ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside