
މުޅި ރާއްޖެ މުސުމީ ސަމާލުގައި: އުތުރާއި މެދު ރާއްޖެ ތެރެއަށް ރީނދޫ ސަމާލު، ދެކުނަށް ހުދު ސަމާލު!
# މޫސުމާއިބެހޭ ގައުމީ އިދާރާ--
މުޅި ރާއްޖެއަށް މޫސުންގޯސްވެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމި އިދާރާއިން ރީނދޫ ސަމާލުނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ފ އަތޮޅާއި ހަމައަށް މިއަދުގެ 17:30 ގެ ނިޔަލަށެވެ. އެގޮތުން ރީނދޫ ސަމާލުގެ މުއްދަތުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
މީގެ އިތުރުން ދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިއަދުގެ 17:00 ގެ ނިޔަލަށް ހުދު ސަމާލުވެސް ވަނީ ނެރެފައި އެވެ. އެގޮތުން ހުދު ސަމާލުގެ މަުއްދަތުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުދަ ދުވަހު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ޖުލައި 17 އިން ފެށިގެން ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގުމުސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެެގޮތުން ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ޚާއްސަކޮށް ކަނޑުއޮޅިތަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ. އޭގެ އިތުރުން ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ހުރިހާފަރާތްތަކުން އަދި ޚާއްސަކޮށް ދަތުރުވެރިން މުސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއިއެކު މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ގުޅުންހުރި

ރާއްޖޭގެ ބޮޑު ސަރަހައްދެއް ހުދު ސަމާލުގައި: ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ!

އުތުރާއި މެދުރާއްޖެތެރެއަށް މިރޭ ހުދު ސަމާލު: ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ!

އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު!
