logoEN
Sto top
ރައީސް މުއިއްޒު، ރަސްގެފާނު ޗާލްސްއާއި ބައްދަލުކުރައްވައިފި: މިއީ ތާރީހީ ބައްދަަލުކުރެއްވުމެއް!

ރައީސް މުއިއްޒު، ރަސްގެފާނު ޗާލްސްއާއި ބައްދަލުކުރައްވައިފި: މިއީ ތާރީހީ ބައްދަަލުކުރެއްވުމެއް!

އަހުމަދު ޝުރާއު

logo

7/17/2025, 11:37:35 AM

# ރައީސް މުއިއްޒު

--

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު އިނގިރޭސިވިލާތާއި ނޮދަން އަޔަލޭންޑްގެ ރަސްގެފާނު ޗާލްސް ތިންވަނައާ ބައްދަލުކުރައްވައިފި އެވެ.

Wamco

މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ވިންޑްސަރ ކާސަލްގައި އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.

މި މުހިންމު ބައްދަލުވުން ކުރިޔަށް ގެންގޮސްފައިމިވަނީ ދެޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރީންނެވެ. އެގޮތުން މިމަހަކީ އިނގިރޭސީންގެ ކިބައިން ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރޭ އަހަރެވެ. އިނގިރޭސިވިލާތަކީ ރާއްޖެއާއި ސިޔާސީ ގުޅުން ގާއިމްކުރި އެންމެ ފުރަތަމަ އެއް ގައުމެވެ.

ރައީސް މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ އެމް.ޕީ އާއި އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް އޮނަރަބަލް ސަރ ލިންޑްޒޭ ހޮޔިލް އެމް.ޕީ އާއިވެސް އިއްޔެ ވަނީ ބައްދަލުކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside