
-
މާދަމާއިން ފެށިގެން ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ނެރުނު އެޑްވައިޒަރީއެއްގައި ބުނީ ޖުލައި 17 ( މާދަމާ) އިން ފެށިގެން ކުރިޔަށް އޮތް ހަތަރު ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގުމުސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެެގޮތުން ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ޚާއްސަކޮށް ކަނޑުއޮޅިތަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.
އޭގެ އިތުރުން ބޮޑުބަޔަކަށް ވިއްސާރަކުރުމާއިއެކު ގުގުރާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައި އެވެ.
އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ހުރިހާފަރާތްތަކުން އަދި ޚާއްސަކޮށް ދަތުރުވެރިން މުސުމާއިބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއިއެކު މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.