
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
# ކަސްޓަމްސް ސާވިސަސްކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ މެތަމްފެޓަމިން އާއި ކެޓަމިން އަދި ހެރޮއިން ކަމަށެވެ.
އެގޮތުން އަތުލައިގަތީމެތަމްފެޓަމިންގެ 2138 ގްރާމް އާއި ކެޓަމިންގެ 1086 ގްރާމް ގެ އިތުރުން ހެރޮއިންގެ 310 ގްރާމް ކަމަށް އެއިދާރާއިން ބުނެއެވެ. މި ތަކެތި އަތުލައިގެންފައިވަނީ މުދާ އުފުލާ ބޯޓެއްގައި މިތަކެތި ރާއްޖެ އެތެތެކުރަން އުޅެނިކޮށް މިއަދު މާލޭގެ ކޮމާޝަލް ހާބަރުންނެވެ.
މި މަސްތުވާތަކެތީގެ ޖުމްލަ ބަރުދަން 3.5 ކިލޯގްރާމަށް އަރާއިރު މިތަކެތީގެ މަގުމަތީ އަގު އުޅެނީ 6.7 މިލިއަން ދިވެހި ރުފިޔާގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މިމަސްތުވާތަކެއްޗާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ކަސްޓްމްސްއިން ހާމައެއް ނުކުރެއެެވެ. އަދި ފުލުހުންވެސް މިކަމާއި ގުޅިގެން އަދި މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
ގުޅުންހުރި

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި

ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
