logoEN
cocacola
ހުޅުމާލޭގައި އިތުރު 2100 ސޯޝަލް ހައުސިންގ ޔުނިޓު އަޅަނީ

ހުޅުމާލޭގައި އިތުރު 2100 ސޯޝަލް ހައުސިންގ ޔުނިޓު އަޅަނީ

އަހުމަދު ޝުރާއު

logo

11/13/2024, 9:46:56 AM

# ހުޅުމާލެ# އެޗްޑީސީ

-

ހުޅުމާލޭގައި އިތުރު ސޯޝަން ހައުސިންގ މަޝްރޫއުތަކެއް ކުރިޔަށް ގެންދިޔުމަށް ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން, އެޗްޑީސީން ނިންމައިފި އެވެ.

ގޮސިޔާ

މިކަން ހާމަކޮށްފައިވަނީ "ޓްރާންސްފޯމިންގް ޓުމޯރޯ: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ކީ ޕްރޮޖެކްޓްސް" ގެ ނަމުގައި ރޭ އެޗްޑީސީން ލޯންޗުކުރި މުހިންމު 14 މަޝްރޫއުގެ ތެރެއިންނެވެ.

އެގޮތުން އެޗްޑީސީން ހާމަކުރާ ގޮތުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހުޅުމާލޭގައި އިޖްތިމާއީ ބޯހިޔާވަހިކަމުގެ އިތުރު ދެ މަޝްރޫއު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައި އެވެ. އެގޮތުން މި ދެ މަޝްރޫއުގެ ދަށުން ޖުމުލަ 2100 ހައުސިން ޔުނިޓު ހުޅުމާލޭގައި ގާއިމްކުރުމަށް ވަނީ ނިންމާފައި އެވެ.

މި ހައުސިންގ ޔުނިޓުތަކަކީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ސޯޝަލް ހައުސިންގ އެޕާޓްމަންޓްތަކެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައި އެވެ. މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން، ދިވެހި ވިފަރާރިތަކަށް ފުރުސަތު ލިބޭ ގޮތަށް ކޮމާޝަލް ޔުނިޓުތައްވެސް ގާއިމްކުރުމަށް ވަނީ ނިންމާފައި އެވެ.

މިހާރުވެސް ހުޅުމާލޭގައި ސޯޝަލް ހައުސިންގ ޔުނިޓުތަކެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިދިޔަ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި 4،000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ދަނީ ނިމެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ