ޗެމްޕިއަން ބޮއްކުރާގެ ޓާގެޓަކީ ތަށި ދިފާއުކުރުން: ވަޓޭ
ހަސަން ޝަމްއޫން
10/24/2024, 1:16:38 PM
ބޮއްކުރާ ޓީމު ކޯޗު އަހުމަދު އާތިފް (ވަޓޭ) ފޮޓޯ: ގާފުސްޕޯޓްސް
ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް "ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ކުޅުން މާދަމާ ފަށާއިރު އެންމެ ފަހުގެ ޗެމްޕިއަން ބޮއްކުރާ އިން ނުކުންނަނީ މުބާރާތުގެ ތަށި ދިފާއުކުރަން ކަމަށް އެޓީމުން ބުނެފިއެވެ.
ބޮއްކުރާ ޓީމު ކޯޗު އަހުމަދު އާތިފް (ވަޓޭ) ގާފުސްޕޯޓްސް އާއި ވާހަކަދައްކަމުން ބުނީ މިފަހަރުގެ މުބާރާތަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ރަށުން ބޭރު ހަތް ކުޅުންތެރިއަކު ޓީމަށް އިތުރުކޮށްފައިވާކަމަށެވެ.
"ފުރަތަމަ މެޗުގައި ތިނަދޫއާއި ދެކޮޅަށް ނުކުންނައިރު، ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރިވެފައި، އަދި ތިނަދޫ ޓީމަކީ ވެސް ވަރަށް ވަރުގަދަ ޓީމެއް.. މެޗު ފަސޭހައްނުވާނެ، އެކަމަކުވެސް މިޓީިމުގައި ތިބި ކުޅުންތެރިންނާއި މެދު ފުރިހަމައަށް އިތުބާރު އެބައޮތް...އިރާދަކުރެއްވިއްޔާ މެޗު ކާމިޔާބިކުރެވެނޭ"...
އިތުރަށް ވާހަކަދައްކަމުން ވަޓޭ ބުނީ މިފަދަ މުބާރާތެއް ގައްދޫގައި ބޭއްވިގެން ދިއުމަކީ ވަރަށް ގިނަ ގޮތްގޮތުން މިރަށަށް އޭގެ ފައިދާ ލިބިގެންދާނެކަމެއް. ހާއްސަކޮށް މިމުބާރާތުގެ ޖޫނިއާ ޑިވިޝަންގެ ސަބަބުން ގައްދޫގައި ޒުވާން ފުޓްސަލް ޖީލެއް އުފެދިގެން ދާނެކަމަށެވެ. އަދި މިފުރުސަތުގައި "ގައްދޫ ކައުންސިލްގެ ފަރާތުން ރަށުގެ ޒުވާނުންނަށް ހޯދައިދޭ މިފަދަ ފުރުސަތުތަކައްޓަކައި ކުލަބު ބޮއްކުރާގެ ފަރާތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ގައްދޫ ކައުންސިލްގެ ރައީސް އަދި ކައުލްސިލްގެ ހުރިހާ މެމްބަރުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަން"
މީގެ އިތުރުން މުބާރާތުގައި ކުޅޭ ކުޅުންތެރިންނާއި ރަށުގެ ޒުވާނުންގެ އިތުރުން ގައްދޫގެ ހުރިހާ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ މިމުބާރާތް ކާމިޔާބުކަމާއެކީ ކުރިއަށް ގެންދިއުމަށްޓަކައި އެންމެ ގުޅިގެން މަސައްކަތް ކޮއްދިނުމަށް... އެގޮތުން މެޗުތައް ކުޅޭއިރު ވީހާވެސް ގިނަބަޔަކު ދަނޑަށް ހާޒިރުވެ ކުޅިވަރުގެ ރޫހާއި އެއްގޮތަށް ޓީމުތަކަށް ތަރުހީބު ދިނުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ.
މިދިޔަ އަހަރު ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް ވަޓޭގެ އިރުޝާދުގެ ދަށުން ބޮއްކުރާ އިން ކާމިޔާބުކުރިއިރު، 2022 ވަނަ އަހަރު ލެޖެންޑުން މިމުބާރާތް ކާމިޔާބުކުރިއިރު، އެޓީމުގެ ކޯޗަކީ ވެސް ވަޓޭ އެވެ.