logoEN
cocacola
ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް: މާލީ ވަޒީރަކަށް ޒަމީރު، ހާރިޖީ ވަޒީރަކަށް ޚަލީލް

ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް: މާލީ ވަޒީރަކަށް ޒަމީރު، ހާރިޖީ ވަޒީރަކަށް ޚަލީލް

އަލްފާ އަލީ

logo

9/30/2024, 10:10:48 AM

# ރައީސް އޮފީސް

-

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.

ގޮސިޔާ

ރައީސް މުއިއްޒު ވަނީ ހާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރް މާލީ ވަޒީރަކަށް އައްޔަން ކުރައްވައި، ސިއްހަތާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ޙަލީލް ހާރިޖީ ވަޒީރަކަށް އައްޔަން ކުރައްވައިފައެވެ.

ސިއްހީ ވަޒީރަކަށް އައްޔަން ކުރެއްވީ ކުރީގެ ސަރުކާރުގެ އެ ވުޒާރާ ހިންގުމުގައި ހުންނެވި މިހާރުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމެވެ. މި ބަދަލުތައް ގެންނަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ޝަފީޤް މިއަދު ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ