logoEN
cocacola
އދ. ގެ 79 ވަނަ ޖެނެރަލް އެސެމްބްލީގެ ހައި ލެވެލް ވީކަށް ޠާރިޤް އެމެރިކާއަށް!

އދ. ގެ 79 ވަނަ ޖެނެރަލް އެސެމްބްލީގެ ހައި ލެވެލް ވީކަށް ޠާރިޤް އެމެރިކާއަށް!

އަހުމަދު ޝުރާއު

logo

9/20/2024, 10:12:46 AM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

--

އދ. ގެ 79 ވަނަ ޖެނެރަލް އެސެމްބްލީގެ ހައި ލެވެލް ވީކުގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް އެންވަޔަވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާރޖީ، އޮނަރަބަލް ޠާރިޤް އިބްރާހީމް އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

ގޮސިޔާ

ތާރިގް އެމެރިކާއަށް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައި އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޠާރިޤް އިބްރާހީމް، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި އަދި ހަކަތައިގެ ދާއިރާތަކާ ގުޅޭ ގޮތުން ގިނަ ފަރާތްތަކަކާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މީގެ ތެރޭގައި ދެ ފަރާތުގެ އަދި ގިނަ ފަރާތްތަކެއް ބައިވެރިވާ ބައްދަލުވުންތައް ހިމެނެއެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގެ ހައި ލެވެލް ވީކަކީ ދުނިޔޭގެ ލީޑަރުން އެއްތަނަކަށް އެއްވެ، ދުނިޔެއަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ މެދު މަޝްވަރާކޮށް، ހައްލު ހޯދުމަށް މަސައްކަތްކުރާ މުހިންމު ފޯރަމެކެވެ.

މިނިސްޓަރ ޠާރިޤް އިބްރާހީމްގެ މި ދަތުރުފުޅުގައި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށްޓާ ގުޅުންހުރި ގޮންޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅޭ ގޮތުން ވާހަކަދައްކަވާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ