logoEN
cocacola
އީރާނުގެ އިންތިޚާބީ ރައީސް ހުވައިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

އީރާނުގެ އިންތިޚާބީ ރައީސް ހުވައިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

އަހުމަދު ޝުރާއު

logo

7/30/2024, 4:48:07 PM

# ނައިބު ރައީސް

--

އީރާނުގެ އިންތިޚާބީ ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައިވެރިވެވަޑައިގެންފިއެވެ.

ގޮސިޔާ

މިރަސްމިއްޔާތު އޮތީ އީރާނުގެ ވެރިރަށް، ތެހެރާންގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގައެވެ.

އީރާނުގެ އައު ރައީސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އީރާނުގެ އައު ރައީސާ އަދި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ދިވެހިރާއްޖެއިން އީރާނާއެކު ސިޔާސީގޮތުން އަލުން ގުޅުން ގާއިމުކުރީ 2023 މާރިޗް 30 ގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ